ރަޝިރާގެ ރައީސް ޕޫޓިން މިއަދު އިންޑިއާއަށް ވަޑައި ގަންނަވާނެއެވެ. ޕޫޓިންގެ މަތީފެންވަރުގެ މި ދަތުރުފުޅަކީ އިންޑިއާއާއެކު ބާއްވާ އަހަރީ ސަމިޓް ބެއްވުމުގެ މަގްސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

ރަޝިޔާގެ ޚާރިޖީ ވަޒިރު ސަރްޖީ ލާވްރޯވް ވަނީ އާދީއްތަ ދުވަހުގެ ރޭ އިންޑިއާއަށް ވަޑައިގެންފައެވެ. ޕޫޓިންގެ ޒިޔާރަތުގެ ކުރިން އޭނާ އިންޑިއާގެ ޚަރިޖީ ވަޒީރާއި ދިފާއީ ވަޒީރާ ބައްދަލު ކުރައްވާނެއެވެ. ޓޫ ޕްލަސް ޓޫގެ މި ބައްދަލުވުމަކީ ދެ ގައުމުގެ ލީޑަރުންގެ ބައްދަލުކުރެއް ވުމުގެ ކުރިން ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލު ކުރެއްވައި ރަޝިޔާއިން އޭކޭ203ގެ ރައިފަލް އުފެއްދުމަށް އިންޑިއާގައި ބިނާ ކުރާ ފެކްޓްރީއާއި ރަޝިޔާއިން އިންޑިއާއަށް ވިއްކާ އެސް400 ދިފާއީ ނިޒާމު އާ ބެހޭ މަޝްވަރާތައް އޮންނާނެއެވެ.