ޓާޓާ އައުލާދުން ގަނެފައިވާ އެއަރ އިންޑިއާ ކުންފުނި އަލުން އިންތިޒާމު ކޮށް ފައިދާ ނެރެވޭފަދަ 100 ދުވަހުގެ ޕްލޭނެއް އެކުންފުނިން ރާވައިފިއެވެ.

އެއަރ އިންޑިއާއިން ވަނީ އައު ސިއީއޯއެއްވެސް ހޯދާފައެވެ. ކުރިން އެމެރިކާގެ ޑެލްޓާ ކުންފުނީގެ ރައީސްކަން ކޮށްފައިވާ ފްރެޑް ރެއިޑް ވަނީ އެއަރ އިންޑިއާގެ އައު ސީއީއޯކަމަށް ޝޯޓްލިސްޓް ކޮށްފައެވެ.

100 ދުވަހުގެ އެންމެ ބޮޑު އަމާޒަކީ ގަޑިއަށް ދަތުރުތައް ފެށުމާއި ފަސިންޖަރުން ކުރާ ޝަކުވާތައް ބަލައި އެއަށް ހައްލު ހޯދުމެވެ.