ޗައިނާއިން ޓިބެޓްގެ ސަރަހައްދުގައި ބިނާ ކުރަމުންދާ ޑޭމް ތަކުން އަވަށްޓެރި ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގައި ފެންބޮޑުވުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޗައިނާއިން އަމާޒު ހިފާފައި ވަނީ 2060އަށް ކޯލާ ދެއްޔާއި ތެލަށް ބަރޯސާ ނުވެ، ސާފު ފެހި ހަކަތަ އުފައްދާށެވެ. މިކަމަށް ޓަކައި ޗައިނާއިން ދަނީ ގިނަ އަދަދެއްގެ ކޯރުތަކުގައި ޑޭމްތައް ބިނާ ކުރަމުންނެވެ.

ޗައިނާއިން ބިނާ ކުރާ އެންމެ ބޮޑު ޑޭމަކީ އިންޑިއާގެ ބްރަހަމަޕުޓްރާ ކޯރުގައި ބިނާ ކުރާ ޑޭމްއެވެ. މިއީ ޓިބެޓުން އިންޑިއާއާއި ބަންގްލަދޭޝްއަށް ވަންނަ ކޯރެކެވެ.

ޗައިނާއިން ދަނީ މި ކޯރުގައި 60 ގިގަ ވޮޓްގެ ކަރަންޓް އުފައްދާ މެގަ ޑޭމްއެއް ބިނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާއިން މި މަސައްކަތް ކުރާ އިރު އިންޑިއާއާއި ބަންގްލަދޭޝްގައި ފެން ބޮޑުވާއިރު ޗައިނާއިން މިގައުމުތަކާ މަޝްވަރާއެއް ނުކުރެއެވެ.

ޗައިނާގެ މެކޮންގ ކޯރަކީ ލާއޯސްއާއި ކެމްބޯޑިއާއާއި ތައިލެންޑުން ވިއެޓްނާމް އަދި މިޔަންމާރުން ޗައިނާއާއެކު ހިއްސާ ކުރާ ކޯރެކެވެ.

ޗައިނާއިން ހަދަން ފަށާފައިވާ ބޮޑެތި ތިން ޑޭމްތަކުގެ ތެރޭން ދެ ޑޭމް މިހާރު ވަނީ ނިންމާފައެވެ.

ތަޖުރިބާ ކާރުން ބުނާ ގޮތުގައި ޗައިނާގެ އަމަލުތަކުން އޭޝިއާގައި ފެނަށް ހަނގުރާމައެއް މުސްތަގްބަލުގައި ފެށިގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. މިކަމަށް ތަކައި ޗައިނާއިން ކޯރުތައް ހިއްސާކުރާ ގައުމުތަކާއެކު މަޝްވަރާ ކުރަން ޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.