ޗައިނާއާއި ލާއޯސްއާ ދެމެދު ދަތުރުކުރާ ބުލެޓް ޓްރެއިން އިފްތިތާހު ކޮށް ދަތުރުތައް ފަށައިފިއެވެ. މި ދަތުރުތައް އިފްތިތާހު ކޮށްދެއްވީ ޗައިނާގެ ރައީސް، ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިންނެވެ.

ޗައިނާއާއި ލާއޯސްއާ ދެމެދުގެ ބްލެޓް ޓްރެއިންގެ ދަތުރަކީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްގެ ދަށުން ޗައިނާއިން ބޭރަށް ބްލެޓް ޓްރެއިންގެ ދަތުރައް ބޭއްވޭ ފުރަތަ ގައުމެވެ.

ލާއޯސްގައި އެންމެ ގިނައިން އިންވެސްޓް ކުރާ ފަރާތަކީ ޗައިނާއެވެ. އަދި ލާއޯސްއާއެކު އެންމެ ގިނައިން ވިޔަފާރި ކުރާ ފަރާތަކީވެސް ޗައިނާއެވެ.

ލާއޯސްއާއި ޗައިނާގެ ބްލެޓް ޓްރެއިންގެ ދަތުރާ ދިމާކޮށް މި ޕްރޮޖެކްޓްގައި މަސައްކަތް ކުރި މީހުން ވަނީ ރޭލުން ކަރަންޓް ކަނޑަލާފައެވެ. ޗައިނާއަށް ޖެއްސުމަށް އެމީހުން މިކަން ކުރީ އެމީހުން ވަޒީފާއިން ބޭރުކޮށް މުސާރަ ނުދިނުމުންނާއި އެމީހުންނަށް އަޅައިދޭން ޖެހޭ ގެތައް ޗައިނާއިން އަޅައި ނުދީގެންނެވެ.

ޗައިނާ ކުންފުނިތަކުން ލާއޯސްގައި މަސައްކަތް ކުރާ މީހުން މީހުންގެ ހައްގަށް ނުވިސްނާ މައްސަލައަކީ ސީރިއަސް މައްސަލައެކެވެ.

ޗައިނާއިން ލާއޯސްގައި ބިނާ ކުރާ ޑޭމް ބިނާ ކުރުމުގެ މަސައްކަތުގައި އުޅޭ ނާމްތާ 1 ޕަވަރ ކޮމްޕެނީން ލާއޯސް މީހުންނަށް 2015 އިން ފެށިގެން މުސާރަ ނުދޭކަމަށް ބުނެއެވެ. މި ޑޭމް ބިނާ ކުރަން ޖެހުމުގެ ސަބަބުން އެތައް އަވަށެއް ވަނީ އެހެން ހިސާބުތަކަށް ބަދަލު ކުރަން ޖެހިފައެވެ. މީހުން ބުނާ ގޮތުން ޗައިނާ ކުންފުނިން މިމީހުންނަށް އަދިވެސް ބޯހިޔާވަހި ކަން ދީފައެއް ނުވެއެވެ. ނާމްތާ 1 ޕަވަރ އިން ޖުމުލަ 11 އަވަށެއް ބިނާ ކޮށްދޭން ޖެހެއެވެ.

ޗައިނާ ކުންފުނިތަކުން ލާއޯސް މީހުންނަކީ ކަންނެއް ބައެއް ކަމަށް ބުނެ އެމީހުން ވަޒީފާތަކުން ބޭރުކޮށް ހަދާކަމުގެ ޝަކުވާވެސް އިންތިހާއަށް ގިނައެވެ. ޗައިނާ ކުންފުނިތަކުން ބުނާ ގޮތުން ލާއޯސް މީހުންނަކީ ވަޒީފާއަށް އައިސް ނިދާފައި ތިބޭ ބައެކެވެ. ބައެއް މީހުން އަންނަނީ މަސްތުގެ ހާލަތުގައެވެ. މިފަދަ މައްސަލަތަކާ ހެދި ލާއޯސް މީހުންގެ މެދުގައި ޗައިނާ ކުންފުނިތަކަށް ނަފްރަތު އިތުރު ވެފައި ވެއެވެ.