ކޮވިޑް-19 ގެ އާ ވޭރިއަންޓް ކަމަށްވާ، "އޮމިކްރޯން" ރާއްޖެ އިން ފެނިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް ކަމަށެވެ.

މިއީ ރާއްޖެ އިން ފެނުނު މި ވޭރިއަންޓްގެ ފުރަތަމަ ކޭސް އެވެ.

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އާ ސްޓްރެއިންއަކީ ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އޯމިކްރޯން ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.