ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ، ރޭ 09:30 ހާއިރު އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު މަރުވެއްޖެއެވެ.

އެގޮތުން މަރުވެފައި ވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިއާއެކު އައްޑޫއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަަދަދު ވަނީ 255 އަށް އަރާފައެވެ.