އިންޑިއާއާއި ރަޝިޔާއިން 28 އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ. އިންޑިއާއާއި ރަޝިޔާއާ ދެމެދު ސޮއިކޮށްފައިވާ މި އެއްބަސްވުންތަކަކީ ދެ ގައުމުގެ ދެމެދުގެ އަސްކަރީ ގުޅުން އިތުރު ދިހަ އަހަރު ދުވަހަށް މެހެހެއްޓުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުންތަކެކެވެ.
އިންޑިއާއަކީ ރަޝިޔާގެ މުހިންމު އަސްކަރީ ވިޔަފާރީގެ ބައިވެރިއެކެވެ.
އިންޑިއާއާއި ރަޝިޔާއިން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ސަމިޓް ބައްދަލުވުމަށް ލަޑީމިއެރ ޕޫޓިން ނިއުދިއްލީއަށް ވަޑައިގަތީ އިއްޔެއެވެ.
އިންޑިއާއާއި ރަޝިޔާއިން ވަނީ މާލީ ނިޒާމު ދިފާއު ކުރުމަށްޓަކައި ސައިބާ ހަމަލާތަކާ ދެކޮޅަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށްވެސް އެއްބަސްވެފައެވެ. އސަދި ބޭންކް އޮފް ރަޝިޔާއާއި އިންޑިއާގެ ރިޒާވް ބޭން ދެމެދު ގުޅުން ގާއިމް ކުރުމށް އެއްބަސްވުމެއް އެކުލަވާލާފައި ވެއެވެ.
މި ދަތުރުގެ އެންމެ މުހިންމު އެއް އެއްބަސްވުމަކީ އިންޑިއާގެ ސިފައިންގެ ހަތިޔާރުތައް ޒަމާނީ ފެންވަރަކަށ ްބަދަލުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ސިފައިންނަށް ބޭނުންވާ އޭކޭ 203 މަރުކާގެ ބަޑި އިންޑިއާގައި އުފެއްދުމާ ބެހޭ އެއްބަސްވުމެވެ. އިންޑިއާގައި ރަޝިޔާއިން ހަ ލައްކަ ރައިފަލް އުފައްދާނެއެވެ.
އިންޑިއާއިން ވަނީ ރަޝިޔާއާއެކު މިސައިލްގެ ޑިފެންސް ސިސްޓަމް ގަތުމަށް 4.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ.