ޕާކިސްތާން ސަރުކާރުން ދީނީ ފަރާތްތަކުގެ ތާއީދު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، ޕާކިސްތާންގެ ސްކޫލުތަކުގައި ކިޔަވައިދޭ ސިލަބަހާއި ޓެކްސްޓް ފޮތްތައް ބަލައި ފާސްކުރުމުގެ ހުއްދަ ދަންނަ ބޭކަލުންނަށް ދީފިއެވެ.

ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން ވަނީ ރަޙުމައްލިލްއާލިމީން އޮތޯރިޓީގެ ނަމުން އިދާރާއެއް އުފައްދާފައެވެ. މި އިދާރާގެ ދަށުން ދަންނަ ބޭކަލުންނާ ހަވާލުކޮށްފައި ވަނީ ޕާކިސްތާންގެ ސިލަބަހާއި ޓެކްސްޓް ފޮތްތަކުގައި ހިމަނާފައިވާ މާއްދާތަކާއި މައުޟޫއުތަކާއި އެ ފޮތްތައް ތައްޔާރުކުރުމުގައި އިސްލާމީ އުސޫލުތަކަށް ރިއާޔަތް ކޮށްފައިވޭ ބަލައި އެތަކެތި ފާސްކުރުމުގެ މަސައްކަތެކެވެ.

ޕާކިސްތާންގެ ދަންނަބޭކަލުންގެ ތެރޭން ރަސްމީ ނިޒާމީ ތައުލީމުގެ ތެރޭން އުނގެނިފައިވަނީ މަދު ބައެކެވެ. އަދި މި ފަރާތްތަކާ އެމީހުންގެ ތަޖުރިބާ ނިހިމެނޭ މަސައްކަތެއް ހަވާލުކުރުމުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަމަށްވެސް އެކަޑެމިކް ފަރާތްތަކުން ދެއެކެވެ.