އައްޑޫސިޓީން އިތުރު 26 މީހަކު ކޮވިޑް ބަލީން ފަސޭހަވެއްޖެ ކަމަށް އައްޑޫއެކުއަޓޯރިއަލް ހޮސްޕިޓަލް (އެއީއެޗު) އިން ވިދާޅުވެއްޖެއެވެ. މަބިލީން ފަސޭހަވި 26 މީހުން ނިސްބަތްވާ އަވަށްތަކެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

މިއަދު 26 މީހަކު ފަސޭހަވެގެން ދޫކޮށްލިއިރު، 7 މީހަކުވަނީ އަލަށް ބަލިޖެހިފައެވެ. އެއީ ހިތަދޫން ބަލިޖެހުނު 6 މީހަކާއި މަރަދޫން ބަލިޖެހުނު މީހެކެވެ. ހިތަދޫން ބަލިޖެހުނު 6 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓުންނެވެ. މަރަދޫން ބަލިޖެހުނީ ފުލޫކުލިނިކަށް ދެއްކި މީހެކެވެ.

އައްޑޫސިޓީގެ ޖުމްލަ ކޭސްގެ އަދަދަކީ 2884 މީހެވެ. އޭގެތެރެއިން 2688 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. މިހާރު އެކްޓިވް ކޭސްގެ އަދަދަކީ 185 އެވެ. އެއީ ހިތަދޫގައި ތިބި 139 މީހަކާއި، މަރަދޫގައިތިބި 13 މީހަކާއި މަރަދޫފޭދޫގައި ތިބި 4 މީހަކާއި، ހުޅުދޫގައިތިބި 14 މީހަކާއި މީދޫގައި ތިބި 14 މީހަކާއި ގަމުގައި ހުރި މީހެކެވެ.

މިބަލީގައި އައްޑޫއިން ވަނީ މިހާތަނަށް 11 މީހަކު ނިޔާވެފައެވެ.