އިންޑިއާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން 6.5 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކާފައި ވެއެވެ. މިއާއެކު އިންޑިއާގެ ހަތިޔާރު އުފައްދާ ތިން ކުންފުނި ވަނީ ދުނިޔޭގެ ހަތިޔާރު އުފައްދާ އެންމެ ބޮޑު 100 ކުންފުނިތަކުގެ ތެރޭގައި ހިމެނިފައެވެ.

އިންޑިއާގެ ބާރަތު އިލެކްޓްރޯނިކްސްއާއި ހިންދުސްތާން އެރޯނޯޓިކަލް ލިމިޓެޑްއާއި އިންޑިއަން އޯޑިނަންސް ފެކްޓްރީޒް މި ލިސްޓްގައި ހިމެނެއެވެ.

ސޮޓޮކްހޯމްގެ އިންޓަރނޭޝަނަލް ޕީސް ރިސާޗް އިންސްޓިއުޓުން އެކުލަވާލި ރިޕޯޓްގައި ބުނެފައި ވަނީ އިންޑިއާގެ ކުންފުނިތަކުން ހަތިޔާރު އުފައްދައި އެކްސްޕޯޓް ކުރުން ވަނީ ކުރީ އަހަރުތަކަށް ވުރެން އެތައް ޕަސެންޓެއް އިތުރު ވެގެން ގޮސްފައެވެ.

ހިންދުސްތާން އެރޮނޯޓިކްސް ލިމިޓެޑަކީ ދުނޔޭގެ ހަތިޔާރު އުފައްދައި އެކްސްޕޯޓް ކުރުމުގެ 42 ވަނައެވެ. އަދި ބާރަތު އިލެކްޓްރީނިކްސްއަކީ 66 ވަނައެވެ. އިންޑިއަން އޯޑިނަންސް ފެކްޓްރީޒްއަކީ 60 ވަނައެވެ.