އިންޑިއާގެ ސިއްކިމްގައި ފުލުހުން ވަނީ ގަވާއިދާ ޚިލާފަށް ސިއްކިމްގައި ދިރިއުޅެމުން ދިޔަ ޗައިނާގެ ފަސް މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށްފައި ވަނީ ބޭރު މީހުން އިންޑިއާއަށް އެތެރެވުމާ ބެހޭ ގާނޫނާ ޚިލާފަށް އެމީހުން ގައުމަށް އެތެރެވެފައި ވުމާއި ގާނޫނާ ޚިލާފަށް ގައުމުގައި ދިރިއުޅެމުން ދިއުމުގެ ތުހުމަތުގައެވެ.

މިއިން ބައެއް މީހުންނަކީ އޮޅުވާލައިގެން އިންޑިއާގެ އާދާރްކާޑު ހޯދާފައިވާ މީހުންނެވެ. އަދި މިއިން އެބަޔަކު ވަނީ ޓިބެޓްގެ ރެފިއުޖީންކަމަށް ހެދިގެން ވަގު ޑޮކިއުމެންޓްވެސް ހޯދާފައެވެ.