ވެމްކޯ އާއި ޔޫތް މިނިސްޓްރީ ގުޅިގެން 29 ޒުވާނުން ތަމްރީނު ކުރަން ނިންމައިފި އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއެކު ވެމްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިއަދު އެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލްއެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އާދަމް މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން 29 ފުރުސަތު ހުޅުވާލާނެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ވެލްޑަރ ތަމްރީނަށް 3 ސްލޮޓު، ކޭޝިއަރ ތަމްރީނަށް 10 ސްލޮޓު، ސްޓޯރ ކީޕަރ ތަމްރީނަށް 2 ސްލޮޓު، ޑްރައިވަރ/އޮޕަރޭޓަރ ތަމްރީނަށް 5 ސްލޮޓު އަދި މެރިން މެކޭނިކަކަށް 1 ސްލޮޓާއި އޮޓޯމޯޓިވް މެއިންޓަނަންސް މެކޭނިކަކަށް 3 ސްލޮޓެވެ.

މި ތަމްރީނަށް ހޮވޭ ފަރާތްތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފަ އެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.