އައްޑޫސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2 މީހުންނަކީ ހިތަދުއަށް ނިސްބަތްވާ ބައެކެވެ. އަނެއް މީހާއަކީ މަރަދޫ މީހެކެވެ.

މިއަދަދާއެކު އައްޑޫގެ އެކްޓިވް ކޭސްްގެ ޖުމްލަ ވަނީ 172 އަށް މަދުވެފައެވެ. އެއީ ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްލި 16 މީހުން ވެސް ހިމަނައިގެންނެވެ. އެ ސިޓީން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލައަކީ 2887 އެވެ. އޭގެތެރެއިން ބަލީން ފަސޭހަވެފައިވާ މީހުންގެ ޖުމްލައަކީ 2704 އެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްތައް:

ހިތަދޫ: 128

މަރަދޫ: 11

މަރަދޫފޭދޫ: 4

ހުޅުދޫ: 14

މީދޫ: 14

ގަން: 1

މިބަލީގައި އައްޑޫއިން މިހާތަނަށް ވަނީ 11 މީހަކު ނިޔާވެފައެވެ.