ބޭނުންވާ ތަކެތި

3 އަލުވި

2 ކެރެޓް

¾ ޖޯޑު އަލަނާސި

½ ޖޯޑު ފްރެންޗް ބީންސް

½ ޖޯޑު ފްރެޝް ގްރީން ޕީސް

½ މޭޒުމަތީސަމުސާ މުގުރި އަސޭމިރުސް

1 ޖޯޑު މަޔޯނައިސް

ތައްޔާރުކުރާނެ ގޮތް

ކެރެޓް މަށާލުމަށްފަހު ކިޔުބު ގޮތަށް (ހަތަރެސްކަނަށް) ކޮށާލާށެވެ. އަލުވިވެސް މަށާފައި ހަމައެގޮތަށް ކޮށާށެވެ. އަލަނާސިވެސް ރީތިކޮށް މަށާލުމަށަފަހު ކެރެޓާއި އަލުވި ކޮށިގޮތަށް ކޮށާށެވެ. ދެން ފްރެންޗް ބީންސްވެސް ކޮށާލާށެވެ. އެއަށްފަހު ތެއްޔަކަށް ފެންއަޅައި އުނދުންމައްޗަށް އުދާށެވެ. ފެންގަނޑު ކެކެންފެށުމުން ކޮށި ކެރެޓް ކޮޅު އަޅާ ދެ މިނެއްޓު ބެއްޓުމަށްފަހު ތޮރުފި އުނދުޅިއަކުން ކެރެޓް ކޮޅު ނަގާށެވެ. ދެން ހަމަ އެފެނަށް ފްރެންޗް ގްރީން ބީންސް ކޮޅު އަޅާ ދެ މިނެޓް ވުމުން ނަގާށެވެ. ދެން ގްރީން ޕީސް އެ ފެންގަޑަށް އެޅުމަށްފަހު ތިން މިނެޓް ވުމުން ނަގާށެވެ. ކޮށި އަލުވިކޮޅުވެސް ކެކެމުންދާ ފެންގަނޑަށް އެޅުމަށްފަހު ތިން މިނެޓް ބެހެއްޓުމަށްފަހު ނަގާށެވެ. ދެން ފެނުކެއްކި ހުރިހާ ތަރުކާރީއަކާއި އަލަނާސި ބޯތައްޓަކަށް އެޅުމަށްފަހު ލޮނުކޮޅަކާއި މުގުރި އަސޭމިރުސް އަދި މަޔޯނައިސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ސެލްޑް ޑެކެރޭޓް ކުރަން ބޭނުންނަމަ، ތައްޓަކަށް އަޅައި ގްރީން ލީފްކޮޅެއް މަތީގައި ބޭއްވިދާނެއެވެ.

މަސްބަތް މީރުވާނީ ހަރުކޮށް ހުރުމުން ނެވެ. ނަމަވެސް ހަނޑޫގައި އާރު ނުހުންނަ ވަރަށެވެ.