ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކ. ގާފަރަށް ވަޑައިގެންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު ގާފަރަށް ފުރާވަޑައިގެންނަވާނީ މިއަދު މެންދުރު ފަހު ކަމަށާއި އެނބުރި މާލެ ވަޑައިގެންނަވާނީ ހޮނިހިރު ދުވަހު ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މީގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައާއި އެ ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު10 ވަނަ ދުވަހެވެ.