އައްޑޫ ސިޓީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ހިނގަމުންދާ ދުވަސްވަރު ދަތުުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.
އައްޑޫ ސިޓީ ގަމުގައި ހުންނަ ސިފައިންގެ ޓްރޭނިންގ ސެންޓަރުގައި މިމަހުގެ 12 އިން 18 އަށް ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިރުއޮއްސި 6:30 އިން ރޭގަނޑު 11:00 އަށެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް:
1. ބޭނުންކުރާ ހަތިޔާރު / ޕައިކޯޓެކްނިކްސް: 9 އެމްއެމް ބްރައުނިން ޕިސްޓަލް2. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 1700 މީޓަރު3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ ލެވެލް5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނު
މި ސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް ޓްރާސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.