ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ އެތަނުގެ 100 ޕަސެންޓް މުވައްޒަފުން ދެވަނަ ޑޯޒް ފުރިހަމަ ކުރުމަށްފަހު މިހާރު ތައްޔާރުވަމުން ގެންދަވަނީ ބޫސްޓަރ ޑޯޒް ޖެހުމަށް ކަމަށެވެ. މި ޑޯޒް ވެސް އެކުންފުނީގެ ހުރިހާ މުވައްޒަފުން ފުރިހަމަ ކުރައްވާނޭ ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް އިން ސަލާމާތް ވުމަށް މިވަގުތަށް ކުރެވެންއޮތް އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުމެވެ. ވެކްސިންގެ ދެ ޑޯޒާއި ބޫސްޓަރ ޑޯޒް ފުރިހަމަ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގެންދަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ.

މުޅިރާއްޖެއިން މިހާތަނަށް 396،106 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 365،177 މީހުންނެވެ. 18124 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހައިފައެވެ.