ބޮޑު ކަންނެލީގެ މަސްވެރީން މިއަދު ކަނޑުމަތީގައި ކުރި މުޒާހަރާގެ ބައިވެރީންނާ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައްދަލު ކުރައްވައިފައެވެ. މުޒާހަރާ ކުރަމުންދިޔަ ދޯނިތަކުގެ ތެރެއިން ދޯންޏަކަށް އަރާވަޑައިގެން ހުންނަވައި އެމަނިކުފާނު ވަނީ މަސްވެރީންގެ ހުށަހެޅުންތައް އަޑު އައްސަވައި އެމީހުންނަށް ޖަވާބު ދެއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ ބޮޑުކަންނެލި މަސްވެރީންގެ ހުށަހެޅުންތަކަށް ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނޭ ކަމަށެވެ. އެގޮތުން ބޮޑުކަންނެލި ކިރާ އަގުމައްޗަށް ޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމާއި، މަސްވިއްކޭނެ އިތުރު ގައުމުތަަށް މާކެޓު ފުޅާކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުބް ބާނާ މަސް ތާޒާކަންމަތީ ދަމަހައްޓައި ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސްލިބެނޭ އިންތިޒާމް ހަމަޖެއްސުމަށް އިތުރު 18 އައިސްޕްލާންޓް ގާއިމް ކޮށްދެއްވާނޭ ކަމަށް ވިދާޅުވިއެވެ. އޭފެ އިތުރުން މާލޭ ސަރަަހައްދުގައި މަސްދޯނި ފަހަރަށް ބަންދަރު ކުރެވޭނެ އިންތިޒާމް އެޗުޑީސީއާ ގުޅިގެން ހަމަޖައްސަވައުި ދެއްވާނޭ ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.