ޕާކިސްތާން ތާލިބާނުން ސަރުކާރާއެކު އެއްބަސްވެފައިވާ ސުލްހައިގެ އެއްބަސްވުން އިއްޔެ އުވާލައިފިއެވެ. ޕާކިސްތާން ތާލިބާނުން މީގެ މަހެއް ހައި ދުވަސް ކުރިން އެއްބަސްވެފައި ވަނީ ސަރުކާރާ ދެކޮޅަށް ހަމަލައެއް ނުދިނުމަށެވެ. ޕާކިސްތާން ތާލިބާނުން މި ގެރެންޓީ ދީފައި ފަނީ އަފްޣާނިސްތާންގެ ތާލިބާނުން މެދުވެރިވެގެން ބާއްވާފައިވާ މަޝްވަރާތަކާއެކުގައެވެ.
ޕާކިސްތާން ތާލިބާނުން ބޭނުން ވަނީ އިސްލާމްއާބާދުގެ ސަރުކާރު ވައްޓާލައި އިސްލާމީ ޝަރީއާ ޕާކިސްތާން ގައި ތަންފީޒު ކުރާށެވެ. އަދި މިމީހުން ވަނީ އަފްޣާން ތާލިބާނުން ދޯހާގައި އޮޕަރޭޓް ކުރިގޮތަށް އެމީހުންނަށްވެސް ބޭރގައުމެއްގައި އޮފީސް ހެދުމަށް ހުއްދައަށް އެދިފައެވެ.
ޕާކިސްތާން ތާލިބާޏުން ބުނެފައި ވަނީ މި އެއްބަސްވުން އުވާލަން ޖެހުނީ ޕާކިސްތާން ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ނުކުރާތީއެވެ.