ކޮމްޕިއުޓަރު ޗިޕް އިންޑިއާގައި އުފެއްދުމަށްޓަކައި ބޭރުގެ ބޮޑެތި ކުންފުނުތައް ގެނައުމަށް އިންޑިއާއިން ޕެކޭޖްތަކެއް އެކުލަވާލައިފިއެވެ. ދުނިޔޭގައި ކޮމްޕިއުޓަރ ޗިޕްގެ ތަދުމަޑުކަމެއް އައުމާ ގުޅިގެން ތަފާތު އެކި ދާއިރާތަކަށް އެކަމުގެ އަސަރުކޮށްފައި ވެއެވެ.

އިންޑިއާގެ މަސްއޫލުވެރިން ވަނީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ކޮމްޕިއުޓަރު ޗިޕް އުފައްދާ ޓައިވާންގެ ޓީއެސްއެމްސީއާއި އިންޓެލްއާއި އޭމްއެމްޑީއާއި ޖަޕާނުގެ ފުޖިޓްސޫފަދަ ކުންފުނިތަކާ މަޝްވަރާ ކޮށްފައެވެ.

މި ކުންފުނިތައް ގެންނަނީ އިންޑިއާއިން އާންމުކޮށް ބޭރު ކުންފުނިތަކާ މެދު ގެންގުޅޭ އުސޫލުތަކަށް އިތުރަށް ލުޔެއް ދިނުމަށްފަހު އިންޑިއާގައި އުފެއްދުން އިތުރު ކުރުމަށެވެ. އިންޑިއާ ކެބިނެޓުން މި ހަފްތާގައި މި ކުންފުނިތައް ޚާއސަ ކޮށް ޕެކޭޖެއް ފާސް ކުރާނެއެވެ. މި ޕެކޭޖްގައި މި ކުންފުނިތަކަށް އެތައް ބިލިއަން ޑޮލަރުގެ އިނާޔަތްތައް ލިބޭގޮތަށް ފާސްކޮށްފައި ވާނެއެވެ.