އަފްޣާނިސްތާނުން 110 މީހަކު އިންޑިއާއިން ކުއްލި ހާލަތުގައި ގަނސްދީފިއެވެ. މިމީހުންނަކީ އަފްޣާނިސްތާންގައި ތާށިވެފައި ތިބި އިންޑިއާ މީހުންނާއި އިންޑިއާ މީހުންނާ އިނދެގެން އުޅޭ އަފްޣާނިސްތާން މީހުންނާއި ހންދީންނާއި ސިކުންގެ އާއިލާތަކެކެވެ.
މި މީހުން އިންޑިއާއަށް ގެނައުމާއި އަދި އަފްޣާނިސްތާން މީހުން އިންޑިއާގައި ވަޒަންވެރި ކުރުމުގެ މަސައްކަތް ކުރާނީ އިންޑިއާގެ ހިލޭސާބަހަށް މަސައްކަތް ކުރާ ދެ ޖަމާއަތަކުންނެވެ.
މީގެ އިތުރުން މީލާދީން ފަސްވަނަ ގަރުނުގައި ލިޔެފައިވާ އިންޑިއާގެ ދީންތަކުގެ ޒަމާންވީ ދީނީ ފޮތްތަކެއްވެސް އިންޑއާއަށް މި ފްލައިޓްގައި ގެނަސްފައި ވެއެވެ.