އައްޑު ސިޓީއިން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.

އައްޑޫގައި މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 3:00 ޖަހާއެހާއިރު އެވެ.

މިއީ ކޮވިޑް ބަލީގައި އައްޑޫން މަރުވި 13 ވަނަ މީހާ އެވެ.

މިއަދުގެ މި މަރާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 257 އަށް އަރާފަ އެވެ.