ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވައިޓް އެލަރޓު ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލަރޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.

މިރޭ 22:00 އާއި ހަމައަށް ނެރެފައިވާ އެ އެލަރޓުގައި ވިލާގަަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ރާއްޖޭގެ މޫސުން ގޯސް ވެފައިވާތީވެ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.