އައްޑޫ ސިޓީން ކޮވިޑް-19 އަށް އިތުރު 10 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އަލަށް ޕޮޒިޓިވްވެފައިވަނީ 9 ދިވެއްސަކާއި ބިދޭސީއެކެވެ.

މީގެ ތެރެއިން ހިތަދޫން ވަނީ 8 މީހަކު ޕޮޒިޓިވް ވެފައެވެ. އަނެއް ދެ މީހުން ޕޮޒިޓިވް ވެފައިވަނީ ފޭދޫ އިންނެވެ.

އަލަށް ޕޮޒިޓިވްވި 10 މީހުންނާއެކު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 2913 އަށް އަރައިފައެވެ. އައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 153 އެވެ. އެއީ ހިތަދޫގައި ތިބި 112 މީހަކާއި، މަރަދޫގައި ތިބި 13 މީހަކާއި، މަރަދޫފޭދޫގައި ތިބި 3 މީހަކާއި ފޭދޫގައި ތިބި 2 މީހަކާއި ހުޅުދޫގައި ތިބި 13 މީހަކާއި މީދޫގައި ތިބި 9 މީހަކާއި ގަމުގައިހުރި މީހެވެ.

މިބަލީން ފަސޭހަވެގެން މިއަދު ވަނީ 10 މީހަކު ދޫކޮށްފައެވެ. އެއާއެކު އައްޑޫއިން މިބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 2748 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. މިބަލީގައި 12 މީހަކު ވަނީ އައްޑޫއިން ނިޔާވެފައެވެ.