ޗައިނާގެ ގޮންޖޯއާއި ޝެންޒެން ފެނަށް ޖެހިފައިވާ ކަމަށް ރޮއިޓާޒްއާ ހަލާދީ ރިޕޯޓް ކުރެއެވެ. މި ދެ ސިޓީގެ ސަރަހައްދު ފެނަށް ޖެހިފައި ވަނީ، މި ސިޓީތަކަށް ފެން ގެނަސްދޭ އީސް ރިވަރ ހިނދިގެންނެވެ. އީސް ރިވާއަށް ފެން އަންނަނީ ޕާލް ރިވަރއިންނެވެ. މިހިސާބު ގަނޑުގަށް މިއަހަރު ޖެނުއރީން އޮކްޓޯބަރު މަހާހަމައަށް ވާރޭ ވެހިފައިވަނީ އެހެން އަހަރުތަކުގައި އެ މުއްދަތުގައި ވެހޭ ވަރަށް ވުރެން ހަތަރު ބައިކުޅަ އެއްބައި މަދުންނެވެ.

ގޮންޖޯއާއި ޝެންޒެންއަކީ ޗައިނާގެ މެގަސިޓީ ތަކެވެ. މިއީ ގިނައިން ބޭރު މީހުން ގޮސް އުޅޭ ތަންތަނެވެ. ސަރުކާރުން ވަނީ ރައްޔިތުން ފެން އިގްތިސާދު ކުރުމަށް ބާރުއަޅާފައެވެ.