ބ. އޭދަފުށީ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑު މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު ހެނދުނު 6:35 ގައި މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ ބ. ދޮންފަނު އުމުރުން 80 އަހަރުގެ އަންހެނެކެވެ.

މި މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ އަދަދު ވަނީ 258 އަކަށް އަރައިފަ އެވެ.