ނަސްލުތައް ތަފާތު ކުރުމަށް ޓެކްނޮލޮޖީ ބޭނުން ކުރުމަށް ކޮމިއުނިސްޓް ޕާޓިއަށް ފަހިކޮށްދިން ހަތަރު ކުންފުންޏެއް އެމެރިކާއިން ބްލެކްލިސްޓް ކޮށްފިއެވެ. މިއިން އެއް ކުންފުންޏަކީ ޗައިނާ ސިފައިންނާ ގުޅުން ހުރި ކުންފުންޏެކެވެ.
މި ކުންފުނިތަކަކީ ސެންސް ޓައިމް ގްރޫޕް ލިމިޓެޑްއާއި މޮކްސިންގ ކާޓޫންސްއާއި ނިންގ ކާޓޫން ސްޓޫޑިއޯއާއި ޝެންހާއި ހޮންގމާން ކާޓޫންސް އެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުނިގޮތުގައި މި ކުންފުނިތަކުން ޗައިނާ ކޮމިއުނިސްޓް ޕާޓީއަށް ބޭނުން ކުރުމަށް ދީފައިވާ ޓެކްނޮލޮޖީން އުއިގޫރު މުސްލިމުންގެ މޫނުގެ ބައްޓަމާއި ސިފައަށް ބަލައި އެމީހުން އާބާދީގެ ތެރޭން ދަނެގަތުމަށް ފަސޭހަކޮށްދެއެވެ. އަދި ތުނބުޅި ބަހައްޓާފައި ވިއަސް ނުވަތަ މާސްކެއް އަޅައިގެން ހުއްޓަސް ދަނެގަނެ ތަފާތު ކޮށްލެވޭ ގޮތަށް މި ޓެކްނޮލޮޖީ ބައްޓަން ކޮށްފައި ވެއެވެ.