އަލަށް ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓް ދެ ގަޑި އިރުތެރޭ ޓެސްޓްކޮށް ނަތީޖާދޭ ޑިވައިސްއެއް އިންޑިއާއިން އުފައްދައިފިއެވެ. އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސާޗް އިން ވަނީ މި ޓެސްޓް ކިޓް ބޭނުންކުރަން ފަށާފައެވެ.

މީގެ ކުރިން އޮމިކްރޮން ވޭރިއެންޓްގެ ސީކުއެންސިންގ ހަދަން ހަތަރު ފަސް ދުވަސް ނަގައެވެ.

އިންޑިއާގެ ކަލްކައްތާގެ ޖީސީސީ ކުންފުނިން ދަނީ މިޓެސްޓް ކިޓް އުފައްދައި ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ.