ޕާކިސްތާންގެ ތާލިބާނުން ސަރުކާރާދެކޮޅަށް ހަތިޔާރު އެޅި ހަމަލައެއް ދީފިއެވެ. ޕާކިސްތާންގެ ތަހްރީކޭ ތާލިބާނުން ހަމަލަތައް އަމާޒުކޮށްފައި ވަނީ ޕޯލިއޯ ވެކްސިން ދޭން މަސައްކަތް ކުރާ މީހުންނާ އެމީހުންނަށް ހިމާޔަތް ދޭ ފުލުހުންނަށެވެ.
ދޭރާ އިސްމާއީލް ޚާންގައި ތާލިބާނުން ދީފައިވާ ހަމަލާގައި އިއްޔެ ފުލުހަކު މަރާލާފައި ވެއެވެ. މިއީ ދެދުވަސް ތެރޭގައި މަރާލާފައިވާ ދެވަނަ ފުލުސް މީހާއެވެ.
މިމީހުންނަކީ މިހިސާބުގައި ކުޑަ ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ހަރަކާތެރިވާ މީހުންގެ ހަށި ފާރަވެރިންގެ ގޮތުގައި އުޅޭ މީހުންނެވެ.
ޕާކިސްތާންގެ ބައެއް މުއްލާއިން ދެކޭ ގޮތުގައި ވެކްސިން ޖެހުމަކީ ހަރާން ކަމެކެވެ.