އަރިދަފުސް ރޯގާ އާއި ޑެންގޫ ޖެހުނު މީހުންގެ އަދަދު މަދުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެފައިވެ އެވެ. ނަމަވަސް މިއަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ދަށްވެފައިވެ އެވެ.މިދިޔަ އޮކްޓޫބަރު މަހު އަރިދަފުސް ރޯގާގެ 30،843 ކޭސް ރިޕޯޓްކުރި އިރު މިދިޔަ ނޮވެމްބަރު މަހު ރިޕޯޓްކުރީ 19،598 ކޭސް އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު މަހު 10 ޑެންގޫ ޖެހިފައި ވާއިރު، މިދިޔަ މަހު އެ އަދަދު ވަނީ 22 އަށް އިތުރުވެފައެވެ. ހަމަ އެއާއެކު، އޮކްޓޯބަރުގެ ފަހު ހަފްތާގައި އެންމެ މީހަކަށް ޑެންގޫ ޖެހިފައި ވާއިރު، މިދިޔަ މަހުގެ އެ މުއްދަތުގައި އެ އަދަދު ފަހަކަށް ވަނީ އިތުރުވެފައެވެ.

ނަމަވެސް މިދިޔަ ތިން އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ޑެންގޫ ޖެހިފައިވާ މީހުންގެ އަދަދު މަދުކަމަށް ވަނީ ފާހަގަ ކޮށްފައެވެ.