ޕާކިސްތާންގެ ބޮޑު ވަޒީރަކީ އަމިއްލައަށް ދައްކާ ވަރަށް އަމާނާތްތެރި ބޭފުޅެއް ނޫންކަމަށް ކުރިން އޭނާގެ ގާތް ބޭފުޅަކު ތުހުމަތު ކުރައްވައެވެ. އިމްރާން ޚާންގެ ޕާޓީ ތަހުރީކޭ އިންސާފް ޕާޓީގެ ކުރީގެ ލީޑަރު ވަޖުދުއްދީން އަހުމަދު ވިދާޅުވަނީ އިމްރާން ޚާންގެ ބޫޓު ކޮޅުގެ ނާޑުވާއަކީވެސް އަމިއްލަ އެއްޗެއް ނޫން ކަމަށެވެ. މީހުންގެ ފަރާތުން ލިބޭ ފައިސާއިން އިމްރާން ޚާން ތަނަވަސް ދިރިއުޅުމެއް އުޅުއްވާކަމަށް ކުރީގެ ގާޒީ ވަޖުދުއްދީން އަހުމަދު ވިދާޅުވެއެވެ.

އާންމު ޓީވީގައި ދުރަށް ދެއްކި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިމްރާން ޚާންގެ ގަނޑުވަރުގެ ޚަރަދުތައް ބެލެހެއްޓުމަށް ފައިސާ ހޭދަކުރަނީ ޖަހާންގީރު ތާރީން ގްރޫޕުގެ ކުންފުނިތަކުންނެވެ. ކުރިން މަހެއްގެ މައްވޗަށް ތިން މިލިއަން ރުޕީސް ދެމުން އައިސް މިހާރު މިއަދަދު ފަސް މިލިއަންއަށް ބޮޑު ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރން އިމްރާން ޚާންގެ ކާރަށް ޕެޓްރޯލް އަޅައި ދެނީވެސް ޕާކިސްތާން ތަހުރީކޭ އިންސާފު ޕާޓީގެ މެމްބަރުންކަމަށް އޭނާ ވިދާޅުވިއެވެ.