އިންޑިއާގެ ޓާޓާ ގްރޫޕުން ދަނީ ޓައިވާން ކުންފުނިތަކާއެކު ގުޅިގެން އިންޑިއާގައި ކޮމްޕިއުޓަރ ޗިޕް އުފެއްދުމަށް މަޝްވަރާތައް ބާއްވަމުންނެވެ. އިންޑިއާ ސަރުކާރުން ވެސް ވަނީ ޓައިވާންގެ ޗިޕް އުފައްދާ ކުންފުނިތަކާ މަޝްވަރާތައް ބާއްވައި، އެ ކުންފުނިތަކުން އިންޑިއާގައި އުފައްދާ މަރުކަޒުތައް ހެދުމަށް ދައުވަތު ދީފައެވެ. އަދި އިންޑިއާއިން ވަނީ ކޮމްޕިއުޓަރ ޗިޕް އުފައްދަން އިންޑިއާގައި ފެކްޓްރީ ހަދާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޚާއްސަ އިމްތިޒާޒުތަކާއެކު ޕެކޭޖެއްވެސް ހުށަހަޅާފައެވެ.

ޓާޓާއިން ޓައިވާން ކުންފުނިތަކާއެކު މަޝްވަރާ ކުރަމުން ދަނީ އިންޑިއާ ސަރުކާރާ ވަކިންނެވެ.