އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗު) ގައި މަސައްކަތްކުރި ފިލިޕީންސްގެ އަންހެން ނަރުހުގެ މަރުގެ މައްސަލާގައި ދިވެހި އަންހެނަކު ހައްޔަރު ކޮށްފިއެވވެ. ފުލުހުން ވިދާޅުވީ 24 އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި އަންހެން މީހާއަކީ ވެސް އައިޖީއެމްއެޗުގައި މަސައްކަތްކުރާ ދިވެހި ނަރުހެކެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ދީފައެއް ނުވެއެވެ.

މަރުވި އަންހެން ނަރުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓުމޯޓަމް ހެދުމަށްފަހު މިހާރުވަނީ ފިލިޕީންސަށް ފޮނުވާފައެވެ.

އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބެލެވޭނޭ ޖާގައެއް ނެތްކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭނާ މަރުވެފައިވަނީ ލިބިފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ކުރީން ވިދާޅުވެފައެވެ.

މި މައްސަލާގައި މީގެ ކުރިން ފުލުހުންވަނީ މަރުވި އަންހެން ނަރުހުގެ ފިރިމީހާ ވެސް ހައްޔަރު ކޮށްފައެވެ. މިއަދު ހައްޔަރުކުރި އަންހެން މީހާއާއި މި މައްސަލައާ ގުޅުންއޮތީ ކިހާވަރަކަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.