އައްޑޫސިޓީގައި ތިބި ކޮވިޑް ބަލިމީހުންގެ ޖުމްލަ އަދަދު 95 އަށް ދަށް ވެއްޖެއެވެ.

އައްޑޫސިޓީން ކޮވިޑް-19 މިފަހަރު ފެނުނުފަހުން ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އެކްޓިވްކޭސްގެ އަދަދުހުރީ 200 އިން މަތީގައެވެ. އައްޑޫއިން މިފަހަރު ކޮވިޑް-19 ފެނިފައިވަނީ އޯގަސްޓްމަހުގެ 28 ވަނަ ދުވަހުއެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ ތެރެއިން ހިތަދޫގައި ތިބީ 77 މީހެކެވެ. މަރަދޫގައި 7 މީހެކެވެ. ފޭދޫގައި ތިބީ 2 މީހެކެވެ. ހުޅުދޫގައި 8 މީހެކެވެ. ގަމުގައި އެކެކެވެ.

އައްޑޫސިޓީން މިހާތަނަށް ވަނީ ޖުމްލަ 2924 މީހަކަށް މިބަލިޖެހިފައެވެ. އޭގެތެރެއިން 2817 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. 12 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އައްޑޫއިން އަލަށް ޕޮޒިޓިވް ވެފައިވަނީ 2 މީހެކެވެ. އެ މުއްދަތުގައި ނަގައިފައިވާ ސާމްޕަލްގެ އަދަދަކީ 135 އެވެ. ޖުމްލަ ނެގުނު ސާމްޕަލްގެ އަދަދަކީ 35606 އެވެ.

އައްޑޫގައި ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި މިހާރު ތިބީ 61 މީހެކެވެ.