ފިއުސް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) ރީބްރޭންޑް ކޮށްފިއެވެ.

އެޕްއެސްއެމް ރީބްރޭންޑް ކޮށްދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.އެފްއެސްއެމްއަކީ އެސްޓީއޯއާއި ވަރަ މޯލްޑިވްސްގެ ހިއްސާދާރުންގެ މައްޗަށް 2000 ވަނަ އަހަރު ވުޖޫދަށް އައި ކުންފުންޏެކެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ފޯރުކޮށްދޭ ކުންފުންޏެވެ. މިކުންފުނިން އަންނަނީ މީހުން ދިރިއުޅޭ 97 އިންސައްތަ ރަށަށް ތެޔޮ ފޯރުކޮށްދެމުންނެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ހަފްލާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކާއި ކާމިޔާބީތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވޭތުވެދިޔަ 3 އަހަރު ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 69 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯވިޑާއެކު ކުންފުންޏަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެހާލަތުގައިވެސް ތެޔޮ ބޭނުންވާ އެއްވެސް ފަރާތަކަށް ތެލަށް ނުޖެހި ބަރާބަރަށް ތެޔޮ ފޯރުކޮށްދެވުނުކަމީ އެކަމަށްޓަކައި ކުންފުނިން އުފާކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.