ދުނިޔޭގެ ފުރަތަމަ ޗޮކްލެޓް މިއުޒިއަމް، ސުއިޒަރލެންޑްގައި ހުޅުވައިފިއެވެ.

ލިންޓް ހޯމް އޮފް ޗޮކޮލެޓް ޒިއުރިކްގައި ހުޅުވާފައިވަނީ އިހައްދުވަހުއެވެ.

މި މިއުޒިއަމްގައި ހުންނަ 30 ފޫޓްގެ އުސް ޗޮކްލެޓް ފައްވާރަކީ މިއުޒިއަމްގެ އެންމެ ޚާއްސަ ބައެވެ.

56ހާސް އަކަފޫޓްގައި ހުޅުވަފައިވާ މި މިއުޒިއަމްގައި ދުނިޔޭގެ އެންމެ ބޮޑު ޗޮކްލެޓް ފިހާރަވެސް ހުރެއެވެ.

މި މިއުޒިއަމްގައި ގަހުން ކޮކޯ ބިނދެގެން ޗޮކްލެޓް އުފެއްދުމާ ހަމައަށް ހިނގާ ހުރިހައި ކަމެއް މީހުންނަށް ދައްކައިދޭ އިންޓަރރެކްޓިވް ބައެއްވެސް ހމަނާފައި ވެއެވެ.

1899ގައި ޗޮކްލެޓް ހަދަން ފަށާފައިވާ މިކުންފުނިން މި މިއުޒިއަމް ތައްޔާރުކުރުމަށް ހަތް އަހަރު ނެގިއެވެ.