އައްޑޫ ސިޓީއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވާތާ އެއް ދުވަސްފަހުން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވެފައިވަނީ ހިތަދޫއިން ދެ މީހަކާއި މަރަދޫފޭދޫއިން ދެ މީހެކެވެ. ހިތަދޫއިން ޕޮޒިޓިވްވެފައިވަނީ ފުލޫކުލިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓެކެވެ. މަރަދޫފޭދޫއިން ވެސް ޕޮޒިޓިވްވެފައިވަނީ ފުލޫކުލިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓެކެވެ.

މިއަދަދާއެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 2941 އަށް އަރައިފައެވެ. އޭގެތެރެއިން 2880 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. 12 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

އައްޑޫގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ ޖުމްލައަކީ 49 އެވެ. އެއީ ހިތަދޫގައި ތިބި 40 މީހަކާއި، މަރަދޫފޭދޫގައިތިބި 2 މީހަކާއި، ފޭދޫގައި ތިބި 2 މީހަކާއި، މީދޫގައި 2 މީހަކައި މަރަދޫގައި 3 މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިވަގުތު ތިބީ 54 މީހެކެވެ.