ސިވިލް ކޯޓަށް ހުށަހެޅިފައިވާ މަދަނީ މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ސިވިލް ކޯޓުގައި އޮތް އަޑު އެހުމެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫގައި ހުުންނަވަނިކޮށެވެ.

މީގެ ކުރީން ޖާބިރުގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވެއެވެ.

އިތުރު ތަފްސީލު އަންނަނީ…