ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމަށް ފަހުު ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންދިޔައީ ގދ. ތިނަދޫން ގައި ހުންނަވަނިކޮށެވެ.

ޖާބިރު ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. ޖާބިރު ހައްޔަރުކުރީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން ކަން ވެސް ވަނީ އެނގިފަ އެވެ.

ޖާބިރު ކޯޓަށް ހާޒިރުވާން އޮތީ މިއަދު ހެނދު 10:00 ޖެހިއިރު ކަމަށެވެ. ކޯޓަށް ގެންދިއުމަށް ފަހު މިހާރު ފުލުހުން އޭނާ ދޫކޮށްލައިފި ކަމަށް ހަބަރު ލިބެއެވެ.