އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށާއި ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވިއިރު އޭނާ ހުންނެވީ ވެކްސިންގެ ދެ ޑޯޒު ޖައްސަވައި ބޫސްޓާ ޑޯޒް ވެސް ޖައްސަވައިގެން ކަމަށެވެ.