ލ. އަތޮޅުގެ ތިން ރަށެއްގައި މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

އެގޮތުން މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅާފައިވަނީ އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ގައެވެ.

މި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދު އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އާއި ކަލައިދޫ ކައުންސިލް ރައީސް އަހްމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހެވެ.

މި އިންޖިނޫގެތަކުގައި ޓެކްނިކަލް މަސައްކަތްތައް ކުރުމަށް ބޭނުންވާ އޮފީހާއި މީޓިންގ ރޫމާއި ބެޓެރި ރޫމަކާއި ކޮންޓްރޯލް ރޫމެއް އަދި ބިންގަރާހެއް އެޅުމަށް ވަނީ ޕްލޭން ކޮށްފަ އެވެ.

ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައި މަރުކަޒީ އިންޖީނުގެ، ފެންކައިން އިފްތިތާހު ކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅު އެވެ.

ފެނަކައިން ވަނީ ބ. ގޮއިފުޅަ ފެހެންދޫ އަކީވެސް އެއްވިއުގައަކުން ގުޅާލުމުގެ ޕްލޭންއަކާ އެކު މަސައްކަތް ފަށާފަ އެވެ.