މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއަކަށް ކުއްލި ހާލަތުގައި ފަރުވާ ބޭނުންވެގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްޑީއެފުން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ގދ.ތިނަދޫ ހުޅަނގުން 31 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "ކަޅިރަވަ" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި މީހަކަށެވެ.

ޢުމުރުން 45 އަހަރުގެ ދިވެހި ފަޅުވެރިޔާއަށް ދިމާވި ސީދާ މައްސަލައެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެމީހާއަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހޭނެތިގެން ކަމަށެވެ.

މި މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:35 އެހައިކަންހާއިރުއެވެ. އޭނާ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައިވަނީ 4:35 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.