ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 7 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވް ވެފައިވަނީ ހިތަދޫން 6 މީހަކާއި ސައުތުޕާމް ރިސޯޓުން މީހެކެވެ. މިއަދަދާ އެކު މިހާތަނަށް އައްޑޫއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 2961 އަށް އަރައިފައެވެ. އޭގެތެރެއިން 2903 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 46 އެވެ. އެއީ ހިތަދޫގައި ތިބި 34 މީހަކާއި މަރަދޫގައި 4 މީހަކާއި ސައުތު ޕާމް ރިސޯޓުގައި އެކަކާއި މީދޫގައި 3 މީހަކާއި މަރަދޫފޭދޫގައި 4 މީހެކެވެ.

މިބަލީގައި އައްޑޫއިން މިހާތަނަށް ވަނީ 12 މީހަކު ނިޔާވެފައެވެ.