ގޮތްނޭނގޭ ފޮށްޓެއް މުލިއާގެ ކައިރިގާއި ހުރުމުން އެމްއެންޑީއެފްގެ ކަމާ ބެހޭ ޓީމަކުން އެ ފޮށި ޗެކުކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެ ފޮށި ޗެކުކޮށް ބެލިއިރު އެއީ ކުނި އަޅާފައި ހުރި ފޮށްޓެއްކަން އެނގުނު ކަމަށެވެ.

އެ ފޮށިހުރީ މުލިއާގޭ ހުޅަނދު ދެކުނު ކަންމަތީ ދުވާރު މަތީގައެވެ. މި ފޮށި ފާހަގަވެފައިވަނީ މިއަދު ހަވީރު 6:06 އެހައިކަންހާއިރު އެވެ. ކަމާ ބެހޭޓީމެއް އެތަނަށް އައިސް އެ ފޮށި ބަލައި "ކުލިއަރ" ކޮށްފައިވަނީ މިރޭ 7:26 ގައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

"މުލިއާގޭ ހުޅަނގު ދެކުނު ކަންމަތީ ޕޭވްމަންޓް މަތީ (މަގުގެ އަނެއްފަރާތު) ގައި ގޮތް ނޭނގޭ ފޮށްޓެއް ހުރުމުން އެމްއެންޑީއެފް އީއޯޑީ ޓީމުން އެކަން ބެލިއިރު އެއީ ކުނި އަޅާފައިހުރި (ކެބިން ބޭގެއްވަރުގެ) ފޮށްޓެއްކަން އެނގުނު. ކުލިއަރކޮށް ނިމުނީ ހަތްގަޑި ސައްބީހުގައި،" އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.