ތާލިބާންގެ ކެބިނެޓުން ވަނީ އިލެކްޝަން ކޮމިޝަންއާއި އިލެކްޝަންގެ ޝަކުވާ ބަލައިގަންނަ ކޮމިޝަންއާއި ދެ މިނިސްޓްރީ އެއް އުވާލުމަށް ނިންމާފައެވެ. އުވާލާ މިނިސްޓްރީތަކުގެ ތެރޭގައި ސުލްހައާ ބެހޭ މިނިސްޓްރީއާއި ޕާލަމެންޓްރީ ކަންތައްތަކާ ބެހޭ މނިސްޓްރީވެސް ހިމެނެއެވެ.
މީގެ އިތުރުން ތާލިބާނުން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަން އުވާލުމުގެ ބަދަލުގައި އެކޮމިޝަންގެ ނަން ބަދަލުކުރުމަށްވެސް ފާސްކޮށްފައެވެ.
ތާލިބާނަކީ ގާނޫނުއަސާސީއެއް އަދި ގާނޫނެއްވެސް ނެތި ހިނގަމުންދާ ގައުމެކެވެ. ސަރުކާރުގެ ގަވާއިދުތައް އިއުލާން ކުރަނީ ތާލިބާންގެ ލީޑަރު މުއްލާ އަޚުންދުޒާދާ ނެރޭ ފަތުވާގެ ސިފައިގައެވެ.