ސައޫދީ އަރަބިއްޔާގައި ހުންނަވާ ޖަޕާނުގެ ސަފީރު، ފޫމިއޯ އިވާއީ ވިދާޅުވާ ގޮތުގައި އޭނާ ކީރިތި ޤުރުއާން އަޑު އައްސަވަނީ އޭނާގެ އަރަބި ބަސް މުއްސަނދި ކުރެއްވުމަށެވެ.
ޓުއިޓާގައި ވަރަށް ހަރަކާތްތެރި ސަފީރެއްގެ ގޮތުގައި ފާހަގަ ކުރޭ ފޫމިއޯ އަކީ އަރަބި ބަހަށް ފަރިތަ ބޭފުޅެކެވެ. އޭނާ އަރަބި ބަސް ދަސް ކުރެއްވީ މިސްރުގައި ހުންނެވި ދުވަސްވަރުގައެވެ. އޭނާ ވަނީ މީގެ ކުރިން ރިޔާޟްގައި އެމްބެސެޑަރުގެ ނާއިބަކަށްވެސް ހުންނަވާފައެވެ. އަދި އިރާގްގައިވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.