ސްރީލަންކާ މީހުންނާ ކައިވެނިކުރާ ބިދޭސިން ސެކިއުރިޓީ ކްލިއަރެންސް ރިޕޯޓެއް ހޯދުން ލާޒިމު ކޮށްފިއެވެ. ސްރީލަންކާ ރައްޔިތަކާ ބިދޭސިއަކު ކައިވެނި ކުރާނަމަ، އެމީހާއަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

ސްރީލަންކާގެ މިނިސްޓްރީ އޮފް ޑިފެންސްއާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާ ދެމެމދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން މިފަދަ ކައިވެނިތައް ރެޖިސްޓްރީ ކުރަން ޖެހޭނީ ސަލާމަތީ ސެޓިފިކެޓާއެކު އެޑިޝަނަލް ޑިސްޓްރިކްޓް ރެޖިސްޓްރާރ ގެ އޮފީހުގައެވެ.

ކައިވެންޏެއް ކުރާނަމަ، އެމީހެއްގެ ޕާސްޕޯޓާއި ވަރި ކޮށްފައިވާ ކަން ނުވަތަ ހުވަފަތް ވެއފައިވާ ކަން އަންގައިދޭ ސެޓިފިކެޓާއި އުފަން ދުވަހުގެ ސެޓިފިކެޓްވެސް ދެއްކުން ލާޒިމުކޮށްފައި ވެއެވެ.