އައްޑޫ ސިޓީން އިތުރު 5 މީހަކު މިއަދު ކޮވިޑަށް ޕޮަޒިޓިވް ވެއްޖެއެވެ. މީގެ ތެރެއިން 4 މީހަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫންނެވެ. އަނެއް މީހާ ޕޮޒިޓިވް ވެފައިވަނީ މަރަދޫފޭދޫއިންނެވެ. މިއަދަދާއެކު އައްޑޫއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 2973 އަށް އަރައިފައެވެ. މީގެ ތެރެއިން 2916 މީހަކު ވަނޫ ބަލީން ފަސޭހަވެފައެވެ.

އައްޑޫ ސިޓީގެ އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 45 މީހެކެވެ. އެއީ ހިތަދޫގައި ތިބި 34 މީހަކާއި މަރަދޫފޭދޫގައި 5 މީހަކާއި މީދޫގައި 3 މީހަކާއި ސައުތު ޕާމް ރިސޯޓުގައި އެކެކެވެ. އަައްޑޫއިން މިހާތަނަށް މިބަލީގައި ވަނީ 12 މީހަކު ނިޔާވެފައެވެ. ކޮވިޑް ފެސިލީޓީގައި އެޑުމިޓް ކޮށްގެން މިވަގުތު ފަރުވާދެމުން ގެންދަނީ 4 މީހަކަށެވެ.

މީހާތަނަށް އައްޑޫއިން ވަނީ 37869 ސާމްޕަލް ނަގައިފައެވެ. އަލަށް ނެގިފައިވަނީ 83 ސާމްޕަލެވެ. ގާތުން އެއްތަންވެފައިވާ މީހުންގެ މިހާރުގެ އަދަދަކީ 73 އެވެ.

މުޅި ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 198 މީހެކެވެ. އެއީ މާލޭ އޭރިއާއިން 53 މީހަކާއި ރަށްރަށުން 85 މީހަކާއި ރިސޯޓުތަކުން 60 މީހެކެވެ.