އޮސްޓްރޭލިއާގެ ކުރީގެ ޕާލަމެންޓް ބިލްޑިންގައި މިއަދު ރޯކޮށްލައިފިއެވެ. އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނަށް ހައްގުތައް ހޯދައި ދިނުމަށް މުޒާހަރާ ކުރި މީހުންގެ މި އަމަލަކީ އޮސްޓްރޭލިއާއަށް ބީރައްޓެހި އަމަލެއްކަމަށް ބުނެ އެކަން ކުށްވެރިކޮށްފައި ވެއެވެ.

އޮސްޓްރޭލިއާގައި މުޒާހަރާތައް ބާއްވައެވެ. ނަމަވެސް ހުޅުޖެހުން ފަދަ އަމަލުތައް ހިނގާފައި ވަނީ ނާދިރު ހާލަތެއްގައެވެ.

ސިޔާސީ ފަރާތްތަކުން ސިފަ ކޮށްފައި ވަނީ ކުރީގެ ޕާލަމެންޓް ބިލްޑިންގ އަންދާލުމަކީ ޑިމޮކްރެސީއަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.