ސްރީލަންކާގެ ބޮޑު ވަޒީރު ޔޫއޭއީއަށް ކުރެއްވުމަށް ހަމަޖެއްސެވި ރަސްމީ ދަތުރުފުޅު ކެންސަލް ކުރައްވައިފިއެވެ. ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަތުރުފުޅަކީ ޑުބާއީގެ އަމީރު މުޙައްމަދު ބިން ރާޝިދު އަލްމަކްތޫމުގެ ދައުވަތަކަށް ކުރެއްވުމަށް ހަމަޖެއްސެވި ދަތުރުފުޅެކެވެ. މި ދައުވަތަކީ، ޑުބާއީ އެކްސްޕޯގައި ބައިވެރިވެވަޑަތުމަށް ފޮނުއްވި ދައުވަތެކެވެ.
ރާޖަޕަކްސަގެ ދަތުރުފުޅު ކެންސަލް ކުރެއްވީ ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމާއި ބޭރު ފައިސާގެ ދަތިކަމާ ގުޅިގެންނެވެ.